!އެސް އެސް ސީ އިމްތިޙާނަށް އެހީއެއް
އަދަބުގެ
ތަޢާރަފް
1-
ދިވެހި
ލިޔުންތެރިކަން ބެހިފައިވާ ދައުރުތަކަކީ ކޮބައިހެއްޔެވެ؟
ޖ: އެއީ ޅަފަތުގެ ދައުރާއި، ފިރުކެންފެށި ދައުރާއި،
ހިނގައިގަނެވުނު ދައުރެވެ.
2-
ލިޔުންތެރިކަމުގެ
ޅަފަތުގެ ދައުރުގައި، ލިޔުންތެރިކަމާއި އަދަބަށް ޚިދުމަތްކުރުން އޮތީ
ކިހިނެތްހެއްޔެވެ؟
ޖ: ލިޔުންތެރިކަމުގެ ޅަފަތުގެ ދައުރަކީ ލިޔުންތައް
ޗާޕުނުވާ ޒަމާނެވެ. އަދަބަށް ޚިދުމަތްކުރުމުގެ ވަކި މަޤްޞަދެއްނެތި ހަމައެކަނި
އަތުން ލިޔެގެން ޅެން، ރައިވަރު، ފަރިހިފަދަ ތަކެތި އެދުވަސްވަރު ގެންގުޅުނެވެ.
3-
ލިޔުންތެރިކަމުގެ
ޅަފަތުގެ ދައުރުގައި ޚިދުމަތްކުރެއްވި ދެ ޚިދުމަތްތެރިއެއްގެ ނަން ލިޔޭ!
ޖ: ބަނޑޭރި ޙަސަން މަނިކުފާނާއި އެދުރު ޢުމަރު
މާފަތްކަލޭފާނެވެ.
4-
ޅަފަތުގެ ދައުރުގެ
ލިޔުންތަކުން އެންމެ ފާހަގަކުރެވޭ 3 ކަމެއް ލިޔޭ!
ޖ: ބޯދާބަސްތައް ގިނަވުމާއި، ޖުމްލަތަކުގެ ނިމުން
"ހުށި" "މެއަ" ފަދަ އަކުރުތަކަށް ނިމިފައިހުރުމާއި،
ޖުމްލަތައް ދިގުކަމުން ބުނަން އުޅޭ އެއްޗެއް ދޭހަނުވުމެވެ.
5-
ބަނޑޭރި
ޙަސަންމަނިކުފާނުގެ "ދިޔޯގެ ރައިވަރު" ގެ މައިގަނޑު ޙާދިސާއަކީ
ކޮބައިކަން ބަޔާންކުރާށެވެ!
ޖ: އެފޮތުގައިވަނީ ދެއަންހެނެއްގެ ދެމެދުގައި ހިނގި
ޚިޔާލީ ހަނގުރާމައެއްގެ ވާހަކައެވެ. އެއީ އިންޑިއާގެ ލަކަނޫގައި އިންނެވި
ދިޔޯއަކާއި އެފްރިކާގެ މުސިންބީ ( މޮޒަންބީކް ) ގައި އިންނެވި ދިޔޯއެކެވެ.
6-
ދިވެހި
ލިޔުންތެރިކަމުގެ ތިންދައުރުގެ ތަފާތު އެންމެ ބޮޑަށް ފެންނަނީ
ކޮންކަމަކުންހެއްޔެވެ؟
ޖ: ލިޔުންތައް ޢިބާރާތްކޮށްފައި ހުންނަގޮތުންނެވެ.
/ ޢިބާރާތްކުރުމުންނެވެ.
7-
ލިޔުންތައް
ޗާޕްކުރަންފެށީ ލިޔުންތެރިކަމުގެ ކޮން ދައުރެއްގައިހެއްޔެވެ؟
ޖ: އެއީ ލިޔުންތެރިކަމުގެ ފިރުކެންފެށި
ދައުރުގައެވެ.
8-
ލިޔުންތެރިކަމުގެ
ފިރުކެންފެށި ދައުރުގެ ތިން ޚިދުމަތްތެރިއެއްގެ ނަން ލިޔާށެވެ!
ޖ: ނާއިބުތުއްތު، ހުތްޢަލި ދީދީ. ޙުސައިން ޞަލާޙުއްދީން
9-
ދިވެހިބަހުން އެންމެ
ފުރަތަމަ ލިޔުނު ދިގު ވާހަކައަކީ ކޮބައިހެއްޔެވެ؟ އަދި އެފޮތުގެ މުޞައްނިފަކީ
ކޮބައިހެއްޔެވެ؟
ޖ: ރިވާޔަތު މޫސާ ވަޒުލައިޚާއެވެ. ލިޔުއްވީ
އަޙްމަދު ކާމިލް ދީދީއެވެ.
10- ކީރިތި ރަސޫލާގެ
ސިޔަރަތު / ސީރަތުއް ނަބަވިއްޔާ ދިވެހި ބަހަށް ތަރުޖަމާ ކުރެއްވީ ކޮން
އަދީބެއްހެއްޔެވެ؟
ޖ: އައްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ.
11- ތިންބަހާއި
ހަބަހުގެ މައްޗަށް ރައިވަރުގެ ހަމަ ހިފެހެއްޓެވީ ކޮން ބޭފުޅެއްހެއްޔެވެ؟ އަދި
އެހަމަތަކަށް ފައްތައިގެން އެންމެ ފުރަތަމަ ލިޔެވުނު ރައިވަރު ފޮތުގެ ނަމަކީ
ކޮބައިހެއްޔެވެ؟
ޖ: އެދުރު ޢުމަރު މާފަތްކަލޭގެފާނެވެ. ފޮތުގެ
ނަމަކީ ބޮޑު ތައުހީދެވެ.
12- ރައިވަރުގެ
ހަމަތައް ތިންބަހާއި ހަބަހުގެ މައްޗަށް ހިފެހެއްޓެވުމުގެ ކުރިން ރައިވަރު ހުންނަނީ
ކިހިނެއްހެއްޔެވެ؟
ޖ: އޭގެ ކުރިން ރައިވަރު ހުންނަނީ ބައިބަޔަށެވެ.
ބަސްތަކުގެ ޢަދަދަކަށް ވަކިވަރެއް ނޯވެއެވެ. އެމީހަކަށް ފެންނަވަރަކަށް ބަސްތައް
ހިމަނަމުން ދިޔައީއެވެ.
13- ރައިވަރަކީ
ޒަމާނުއްސުރެ ދިވެހިންގެ ހިތުގައި ވަރަށް ޚާއްޞަ ޤަދަރަކާއި ލޯތްބެއް އެއަށް ދެވިފައިވާ އެއްޗެކެވެ. ނަމަވެސް އެކަން ކުޑަވެގެން ދިޔަ
ދުވަސްވަރެއް އައެވެ. އެހެންވީ ކީއްވެހެއްޔެވެ؟
ޖ: އެއީ އެއްބަނޑު އެއްބަފާ މީހުންނާއި ގާތްތިމާގެ
މީހުންގެ މެދުގައި ކިޔަން ހެޔޮނުވާ ފާޑުގެ ރައިވަރުތައް (ބެރެކި ރައިވަރުތައް)
ހަދައިގެން ކިޔަންފެށީމައެވެ.
14- ލިޔުންތެރިކަމުގެ
ހިނގައިގަނެވުނު ދައުރުގައި ހިނގާފައިވާ ޚާއްޞަ ކަންތައްތަކަކީ ކޮބައިކަން
ބަޔާންކުރާށެވެ!
ޖ: އެއީ ލިޔުންތެރިކަން ފުޅާވެ ތަނަވަސްވެ،
ލިޔުންތައް ޗާޕުވުން ޢާއްމުވެގެން ދިޔަ ދައުރެވެ. މަޖައްލާތަކާއި ނޫސްތަކާއި
ފޮތްތައް ޗާޕުވެގެން ނުކުންނަމުން ދިޔަ ދުވަސްވަރުވެސް މެއެވެ. އަދި އަދީބުންނާއި
ޝާއިރުންނާއި މުޤައްރިރުން އުފެދުނު ދައުރެވެ.
15- ލިޔުންތެރިކަމުގެ
ހިނގައިގަނެވުނު ދައުރުގެ ޚިދުމަތްތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ތިން
ބޭފުޅެއްގެ ނަންލިޔޭ!
ޖ: މުޙައްމަދު އަމީން. މުޙައްމަދު ޖަމީލް ދީދީ. އިބްރާހީމް
ޝިހާބް
16- ސުއްކަތުރާ
ހަބަރު، ސިއްކަމޮހަރީ، މިފޮތްތަކުގެ މުޞައްނިފަކީ ކޮންބޭފުޅެއްހެއްޔެވެ؟
ޖ: މިފޮތްތަކުގެ މުޞައްނިފަކީ ނާއިބު ތުއްތުއެވެ.
17- ދިވެހިބަހުން
އެންމެ ފުރަތަމަ ލިޔެވުނު ބަހުގެ ޤަވާޢިދުފޮތަކީ ކޮބައިހެއްޔެވެ؟ އަދި އެފޮތުގެ
މުޞައްނިފަކީ ކޮންބޭފުޅެއްހެއްޔެވެ؟
ޖ: ތަޤުވީމުއް ލިސާނިއެވެ. ލިޔުއްވީ ނާއިބު
ތުއްތުއެވެ.
18- ދިވެހި ކާބަފައިއަދީބުންގެ
ލިޔުއްވުންތަކަށް ބަލާއިރު، މިޒަމާނުގެ ވައްތަރު ފުރަތަމައިން ފެންނަންފެށީ ކޮން
ބޭފުޅެއްގެ ލިޔުއްވުންތަކަކުން ހެއްޔެވެ؟
ޖ: ނާއިބުތުއްތުގެ ލިޔުއްވުންތަކުންނެވެ.
19- "ޒުހުރުލް
ކަމާލާތި ފީއަޙުކާމިލް ޢިބާދާތި" މިފޮތުގެ މުސައްނިފަކީ
ކޮންބޭފުޅެއްހެއްޔެވެ؟
ޖ: އަލްޚަޠީބު ޢަލީ އެދުރު ތަކުރުފާނެވެ.
20- " ތުޙުފަތުލް ވުލާތު " މިފޮތް ލިޔުއްވީ
ކޮންބޭފުޅެއްހެއްޔެވެ؟
ޖ: އައްޝައިޚް ޙާޖީ އެދުރު ކަލޭގެފާނެވެ.
21- އައްޝައިޚް ޙާޖީ
އެދުރުކަލޭގެފާނު، ދުޢާތަކާއި ޒިކުރުތަކެއްގެ މައްޗަށް އެކުލެވޭ
ފޮތެއް 1133ހ ހާތާނގައި އެކުލަވައިލެއްވިއެވެ. އެ ފޮތުގެ ނަމަނީ ކޮބައިހެއްޔެވެ؟
ޖ: ތުޙުފަތުލް ވުލާތި ފިލް އަޒުކާރި
ވައްދަޢުވާތިއެވެ. ( ތުޙުފަތުލް ވުލާތި )
22- ބޮޑުތައުހީދުގައި
ހުރީ ކޮންކަހަލަ ވާހަކަތަކެއްޔެއްވެޔެ؟
ޖ: އެފޮތުގައިވަނީ ޤިޔާމަތް މަޙުޝަރުގެ ވާހަކައާއި
މަލާއިކަތުންގެ ވާހަކަތެކެވެ.
23- ޖުމުލަތަކުގެ
ނިމުން ހުށި، މެއަ، ފަދަ އަކުރުތަކަށް ނިންމާފައިހުރީ ލިޔުންތެރިކަމުގެ ކޮން
ދައުރެއްގައިހެއްޔެވެ؟
ޖ: ލިޔުންތެރިކަމުގެ ޅަފަތުގެ ދައުރުގައެވެ.
24- ދިވެހިބަހުގެ
ލިޔުންތެރިކަމަށް ބަލާއިރު ކުރީގެ ލިޔުންތަކާއި މިޒަމާނުގެ ލިޔުންތަކާ ހުރި
މުހިއްމު 3 ތަފާތެއް ލިޔޭ!
ޖ: 1.
މިޒަމާނުގެ ލިޔުންތަކުގައި ބޯދާބަސްތައް ނުހުންނަކަން
2.
މިޒަމާނުގެ ލިޔުންތަކުގެ ޖުމްލަތައް ކުރުކަން
3.
މިޒަމާނުގެ ލިޔުންތަކުހައި ހުށި، މެއަ، ފަދަ އަކުރުތަކަށް ޖުމުލަ ނިމިފައި ނުހުންނަކަން
25- ދިވެހިންގެ ޝައިޚް
ޒުބައިރުންކަމުގައި ބުނާ ދެ ބޭފުޅުންނަކީ ކޮބައިހެއްޔެވެ؟
ޖ: 1.
(އައްޑޫ ހިތަދޫއަށް އުފަންވި) ބަނޑޭރި ޙަސަން މަނިކުފާނު
2.
(ފުރަމާލެއަށް އުފަންވި) މުޙައްމަދު ޖަމާލުއްދީނު އިބްނުއްނާއިބު އީސަލް މުލަކީ
(ނާއިބުތުއްތު) އެވެ.
26- ދިޔޯގެ ރައިވަރު
ކުށްވެފައިވަނިކޮށް ކުށް ފިލުވައި އޭގެ މައްޗަށް ޝަރަޙައެއް ލިޔުއްވީ
ކޮންބޭފުޅެއްހެއްޔެވެ؟
ޖ: ނާއިބުތުއްތެވެ.
27- ނާއިބުތުއްތުގެ
އަސްލުނަމަކީ ކޮބައިހެއްޔެވެ؟
ޖ: އައްޝައިޚް މުޙައްމަދު ޖަމާލުއްދީނު
އިބްނުއްނާއިބު އީސަލް މުލަކީ
28- "ޒުހުރުލް
ކަމާލާތި ފީއަޙުކާމިލް ޢިބާދާތި" މި ފޮތުގައި ހުރީ ކޮންކަހަލަ
ވަހަކަތަކެއްހެއްޔެވެ؟
ޖ: އަޅުކަމާބެހޭ ވާހަކަތައް / ދީނީ ވާހަކަ /
ފިޤުހުގެ ވާހަކަ (މީގެތެރެއިން ކޮންމެ ޖަވާބެއްވެސް ރަނގަޅެވެ.)
29- ޗާޕުވެފައިހުރި އެންމެ ކުރީގެ ލިޔުންތަކުގެ
ތެރެއިން ފެންނަންހުރީ ކޮންބޭފުޅެއްގެ ޢިބާރާތްތަކެއްހެއްޔެވެ؟
ޖ: އައްޝައިޚް އަޙްމަދު ހާޖީ އެދުރު ކަލޭގެފާނުގެ
ޢިބާރާތްތަކެކެވެ.
30- ދިވެހިބަހާއި
ބަހުގެ އަދަބަށް ޚިދުމަތްކުރާ މަޖިލިސް އުފެދުނީ ކޮންތާރީޚެއްގައި ހެއްޔެވެ؟
ޖ: 28 ޖެނުއަރީ 1979 ގައެވެ.
31- ދިޔޯގެ ރައިވަރު
ފޮތުން ފާހަގަކުރެވޭ ހަ ކަމެއް ލިޔޭ!
ޖ: ހ.
ދިވެހިބަހުގެ ޤަވާޢިދުތައް
ށ. ސިޔާސަތުގެ މޮޅުކަން
ނ.
މެދުޒަމާނުގައި ރަސްކަން ހިނގިގޮތް
ރ.
ނައުފަހަރު ތަކަށާއި އޭގައިކުރާ ކަންތައްތަކަށް ކިޔާ ނަންތައް
ބ.
ޅެންބަސް ކިޔައި އުޅުމުގެ މަގުތައް
ޅ.
ނައުފަހަރު ތަކުގައި ގޮސް ހަނގުރާމަކުރާ ގޮތްތައް
32- ބޮޑުތަރުތީބު
ޗާޕުކުރެވުނީ ކޮން އަހަރެއްގައި ހެއްޔެވެ؟
ޖ: 1323ހ ގައެވެ.
33- ދިވެހި އަދަބިއްޔާތުގައި
ރައިވަރަށް ވަރަށް އިސްމަގާމެއް ދެވިފައިވެއެވެ. އޭގެ ސަބަބަކީ ކޮބައިހެއްޔެވެ؟
ޖ: އޭގައި ދިވެހިންގެ ސަޤާފަތާއި އާދަކާދައާއި
ބަހާއި ދީނާއި ނަސޭހަތްތަކާއި ބަހުގެ އަދަބިއްޔާތު ހިމެނޭތީއެވެ.
34-
ކުރީގެ ލިޔުންތެރިންގެ
ޢިބާރާތްތަކާއި މުޙައްމަދު އަމީންގެ ޢިބާރާތްތަކާ ހުރި ތަފާތުތަކެއް ލިސްޓްކުރޭ!
ޖ: 1.
ޢިބާރާތްތަކުގެ ސާދާކަން
2.
ސިފަކުރުމުގެ ބައި ބޮޑުކަން
3.
އޮޅުންފިލާލެއް ފަސޭހަކަން
4.
ޢިބާރާތްތައް ފަށުވިކަން
5.
ބަސްމަގުގެ ފޮނިކަމާއި އަސަރުގަދަކަން
35- ޗާޕުވެފައިހުރި
ލިޔުންތަކުގެ ތެރެއިން އެންމެ ކުރީގެ ޢިބާރާތްކޮޅެއް ފެންނަން އޮތީ ކޮން
ލިޔުމަކުންހެއްޔެވެ؟ އަދި އެފޮތުގައި ވަނީ ކޮން ވާހަކަތަކެއްހެއްޔެވެ؟
ޖ: އައްޝައިޚް އަޙްމަދު ހާޖީ އެދުރު ކަލޭގެފާނު
ލިޔުއްވި ތުޙުފަތުލް ވުލާތި ފީ އަޒުކާރި ވައްދަޢުވާތިންނެވެ. މިފޮތުގައި ހުރީ
ދުޢާތަކާއި ޒިކުރުތަކުގެ ވާހަކައެވެ.
36- ލިޔުންތެރިކަމުގެ
ފިރުކެންފެށި ދައުރުގައި އުޅުއްވި 3 އަދީބެއްގެ ނަން ލިޔޭ!
ޖ: 1.
ނާއިބުތުއްތު
2.
ޙުސައިން ޞަލާޙުއްދީން
3.
ހަކުރާ މަނިކުފާނު
37- ދިވެހި
އަދަބިއްޔާތުގައި "ޝާއިރުއްޝަބާބު" ގެ ނަން ދެވިފައިވަނީ ކޮން
އަދީބަކަށްހެއްޔެވެ؟
ޖ: އިބްރާހީމް ޝިހާބެވެ.
38- ފަތުގެ ދައުރަކީ ލިޔުންތައް އަތުން ލިޔެގެން އުޅުނު ޒަމާނެވެ. މިޒަމާނުގައި
ލިޔެފައިވާ ރައިވަރު ފޮތްތަކުގެ ތެރެއިން ތިން ފޮތެއްގެ ނަން ލިޔޭ!
ޖ: 1.
ބޮޑުތާހީދު / ބޮޑުތައުހީދު
2.
ދިޔޯގެ ރައިވަރު
3.
އަރިއަތޮޅު އަރުމާދު
39- ނައިބުތުއްތު
ޞިއްޙަތާ ބެހޭގޮތުން ލިޔުއްވި ފޮތަކީ ދިވެހި އަދަބުގައި ފާހަގަކޮށްލެވޭ ފޮތެކެވެ.
އެއީ ކޮންނަމެއް ކިޔާ ފޮތެއްހެއްޔެވެ؟
ޖ: މިންހަތުލް މަންނާން ފީ ޤަވާޢިދު އިޞްލާޙުލް
އަބްދާނި އެވެ. (މިންހަތުލް މަންނާނު)
40- ދިވެހި
އަދަބިއްޔާތުގައި "އުޖާލާވި ރަންތަރި" މިނަން ދެވިފައިވަނީ ކޮން
އަދީބަކަށްހެއްޔެވެ؟
ޖ: މުޙައްމަދު ޖަމީލަށެވެ.
41- ލިޔުންތެރިކަމުގެ
ފިރުކެންފެށި ދައުރު ޚާއްޞަވަނީ ކީއްވެހެއްޔެވެ؟ އަދި އެދައުރުގެ 3
ޚިދުމަތްތެރިއެއްގެ ނަން ލިޔޭ!
ޖ: 1.
ނާއިބު ތުއްތު
2.
ހުތްޢަލިދީދީ
3.
ޙުސައިން ޞަލާޙުއްދީން
42- އަދަބީ
ލިޔުންތެރިން ދެކެލައްވާ ގޮތުގައި ޢިބާރާތްކުރުމުގެ ބަސްމަގަށް މިޒަމާނުގެ
ކުލަވަރު އައިސްފައިވަނީ ނާއިބުތުއްތުގެ ލިޔުއްވުންތަކުންނެވެ. އެބޭފުޅުން
މިގޮތަށް ދެކެވަޑައިގަންނަވާ ސަބަބަކީ ކޮބައިހެއްޔެވެ؟
ޖ: ކުރީގެ ޢިބަރާތްތަކާ ބަލާފައި އެބަޔާންކުރައްވާ
ވާހަކަތައް ފަސޭހައިން ދޭހަވާތީއެވެ. އޭރާ ބަލާފައި ޢިބާރާތްތަކުގެ މާނަ
ދޭހަކުރަން ފަސޭހަވީމައެވެ.
43- ދިވެހި
އަދަބިއްޔާތުގައި ރައިވަރަށް ދީފައިވާ މަޤާމް އުވި ދިޔައީ ކީއްވެހެއްޔެވެ؟
ޖ: އެއީ ރައިވަރުތަކުގައި ލޯބީގެބައި
ހުތުރުވާވަރަށް ގެންގޮސްފައި ހުންނާތީއެވެ. ލަދު ވާހަކަތައް / އައްޔާޝީ ވާހަކަތައް
ހިމެނުމުންނެވެ. އެބާވަތުގެ ރައިވަރަށް ކިޔަނީ ބެރެކި ރައިވަރެވެ. މިފަދަ ރައިވަރު
ކިޔާއުޅެނީ އަވަށާ ދުރު ހިސާބުގައެވެ. ދަތުރުމަތީގައެވެ. ކަނޑުމަތީގައެވެ.
44- "ބޮޑުތަރުތީބު" މި ފޮތް ލިޔުއްވި
ލިޔުންތެރިޔާ މިފޮތަށް ދެއްވި ނަމަކީ ކޮބައިހެއްޔެވެ؟
ޖ: ޒުހުރުލް ކަމާލާތި ފީ އަޙުކާމިލް ޢިބާދާތި
45- ވާހަކަކޮމިޓީއަކީ
ކޮންކަމެއް ކުރުމަށް އުފެއްދެވި ކޮމިޓީއެއްހެއްޔެވެ؟ އަދި އެކޮމިޓީ އުފެއްދެވީ
ކޮންފަރާތަކުންހެއްޔެވެ؟
ޖ: އެއީ އޭރު މާލޭގައި އަތުން ލިޔެގެން
ގެންގުޅެމުންއައި ވާހަކަތައް ކިޔައި ފާސްކުރުމަށްޓަކައި އުފެއްދެވި ކޮމިޓީއެކެވެ.
އެ ކޮމިޓީ އުފެއްދެވީ މަޙުކަމަތުއް ދާޚިލިއްޔާގެ ފަރާތުންނެވެ.
46- ތިންބަހާއި
ހަބަހުގެ މައްޗަށް ރައިވަރުގެ ހަމަ ހިފަހައްޓަވައި އެގޮތަށް ރައިވަރު ހައްދަވަން އެންމެ ފުރަތަމަ
ފެއްޓެވީ ކޮން ބޭފުޅެއްހެއްޔެވެ؟ އަދި މިގޮތަށް ހަމަ ހިފަހައްޓަވައި ފުރަތަމަ
ލިޔުއްވީ ކޮން ފޮތެއްހެއްޔެވެ؟ އަދި އެފޮތުގައި ވަނީ ކޮން ބާވަތެއްގެ
ވާހަކަތަކެއްހެއްޔެވެ؟
ޖ: އެދުރު ޢުމަރު މާފަތްކަލޭގެފާނެވެ. ލިޔުއްވީ
ބޮޑުތާހީދެވެ. އޭގައިވަނީ ސުވަރުގެއާއި ނަރަކައާއި ޤިޔާމަތް މަޙްޝަރު ދުވަހުގެ
ވާހަކަތަކާއި މަލާއިކަތުންނާއި ދީނުގެ ޢަޤީދާއާބެހޭ ވާހަކަތަކެވެ.
47- ކުރީގެ
ލިޔުންތަކާއި މިޒަމާނުގެ ލިޔުންތަކާ އަޅާބަލާއިރު ވަރަށް ބޮޑެތި ތަފާތުތަކެއް
އައިސްފައިވާތަން ފެނެއެވެ. އެ ތަފާތުތައް ބަޔާންކޮށް 5 ފޮޅުވަތާއި 7 ފޮޅުވަތާ
ދެމެދުގެ ޕެރެގްރާފެއް ލިޔޭ!
ޖ: ކުރީގެ ލިޔުންތަކުގައި ބޯދާބަސްތައް ގިނައިން
ހިމެނެއެވެ. ނަމަވެސް މިހާރު ބޯދާބަސްތަކެއް ނުހުރެއެވެ. މިޒަމާނުގެ ލިޔުންތަކުގައި ޖުމްލަތައް ކުރެވެ.
ދޭހަކުރަން ނުހަނު ފަސޭހަވެފައި ލިޔުންތެރިޔާގެ މަންޒިލާއި މުރާދާ ހަމައަށް ވަރަށް
ފަސޭހަކަމާއެކު ވާޞިލުވެއެވެ. ހުށި، މެއަ، ފަދަ އަކުރުތަކަށް ޖުމުލަތައް
ނިންމާފައެއް ނުހުރެއެވެ. މިހާރުގެ ލިޔުންތަކުގެ ޖުމްލަތައް ނިންމާފައިހުންނަނީ 'އެވެ.
ށެވެ.' ފަދަ އަކުރުތަކަށެވެ. ބަސްތައް ނުހަނު ފަސޭހައިން ކިޔައިލެވެއެވެ. އަދި
ޖުމްލަތައް ކުރުވެފައި އަސަރުގަދައެވެ.
48- ދިވެހި
އަދަބިއްޔާތުގެ ތިން ދައުރުގެ ލިޔުންތަކަށް ފާޑުކިޔުމުގައި ބަލަންވީ
ކަންތައްތަކުގެ ތެރެއިން ދެކަމެއް ބަޔާންކުރޭ!
ޖ: އިބާރާތުގެ އެތުރުން. ޖުމްލަތަކުގެ ދިގު
ކުރުމިން. ބޭނުންކޮށްފައި ހުންނަ ބަސްމަގާއި ބަސްތަކުގެ ސާދާކަން. ސިފަކުރުން
ހުރިގޮތް
49- ދިވެހިބަހުގެ
ފަތިހުގެ ތަރިއަކީ ކޮންބޭފުޅެއްހެއްޔެވެ؟
ޖ: ޙުސައިން ޞަލާހުއްދީނެވެ.
50- ޖުމްލަތައް
ނިންމުމުގައި ހުށި މެއަ ފަދަ އަކުރުތައް ގިނައިން ބޭނުންކޮށްފައި ވަނީ
ލިޔުންތެރިކަމުގެ ކޮން ދައުރެއްގައި ހެއްޔެވެ؟
ޖ: ޅަފަތުގެ ދައުރުގައެވެ.
51- ދިވެހި ބަހުގެ
އަދަބީ ޙަރަކާތްތައް ފެށިފައިވަނީ ކޮން ދައުރެއްގައިހެއްޔެވެ؟
ޖ: ހިނގައިގަނެވުނު ދައުރުގައެވެ.
52- އަލްއަމީރު
މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި އުފެދުނު ވާހަކަ ކޮމިޓީން
އަތުން ލިޔެގެން ނެރުނު މަޖައްލާގެ ނަމަކީ ކޮބައިހެއްޔެވެ؟
ޖ: " އައްރަފީޤް" އެވެ.
53- ވާހަކަ ކޮމިޓީން
އިންތިޒާމްކުރި ބަހުސްކުރަން ސަރުކާރުގެ ބޮޑު ނައުކޮޅު 'އަތިއްޔަތުއްރަޙްމާނަށް'
ދިޔަ ސަބަބަކީ ކޮބައިހެއްޔެވެ؟
ޖ: ސަރުކާރުގެ ކުރިއަށް ތިއްބެވި ބޭފުޅުން
ދެބަސްވެވަޑައިގެން ދެކޮޅުވެރިކަމެއް އުފެދިގެން އުޅޭކަމަށް ޢާއްމުންނަށް
ހީވެދާނެތީއެވެ.
54- ފުރަތަމަ އުފެދުނު
ބަސްކޮމިޓީގެ މަސައްކަތަކީ ކޮބައިހެއްޔެވެ؟
ޖ: ދިވެހި ބަސްފޮތް ލިޔަންފެށުމެވެ.
55- ދިވެހި
އަދަބިއްޔާތުގައި ހިމެނޭ ބައިތަކުގެ ތެރެއިން ދިވެހީންގެ ދިރިއުޅުން އެންމެ
ރަނގަޅަށް ދައްކުވައިދޭ ބާވަތަކީ ކޮބައިހެއްޔެވެ؟
ޖ: ދިވެހި އަދަބީ ރައިވަރެވެ.
56- ދިވެހި ބަހުން
އެންމެ ފުރަތަމަ ލިޔެވުނު ދެ ވާހަކައިގެ ނަން ތަރުތީބުން ލިޔޭ!
ޖ: ރިވާޔަތު މޫސާ ވަޒުލައިޚާ އާއި ދޮންބީފާނު
ވާހަކަ
57- ދޮންބީފާނު ވާހަކަ
ލިޔުއްވީ ކޮންބޭފުޅެއްހެއްޔެވެ؟
ޖ: ޙުސައިން ޞަލާޙުއްދީނެވެ.
58- ދިވެހި
ޅެންވެރިކަމުގެ (ވަޒަން ބަހުރުވައިގެ) ބައިތަކަކީ ކޮބައިހެއްޔެވެ؟
ޖ: ބަނދި، ކާ، ފަރިހި، ރައިވަރު، ޅެން، އަންބާ، ލަވަ
(ހަނދާނުގައި ހަރުލެއްވުމަށް 'ބޮކިފުރާޅުއަލި' ހަނދާންކުރެވިދާނެއެވެ. މި
ލަފުޒުގައިވާ ކޮންމެ އަކުރަކީ އެބައިތަކުގެ ކޮންމެ ބައެއްގެ ފެށޭއަކުރެވެ.)
59- ޝައިޚު ޒުބައިރަކީ
ކިހިނެއް އުފެދުނު ނަމެއްހެއްޔެވެ؟
ޖ: ޝޭކްސްޕިއާ މިނަން މިޞްރުގެ ކިޔަވާކުދިން
ކިޔަމުން ދިޔަ ދިޔުމެއްގައި އެކުދިންނަށް ކިޔުނު ނަމެއްކަމުގައި ޞަލާޙުއްދީން
ވިދާޅުވެއެވެ.
60- ޝައިޚު ޒުބައިރުގެ
ނަމުން ނަން ދެވިފައިވާ ފޮތް ލިޔުއްވީ ކޮން ބޭފުޅެއް ހެއްޔެވެ؟ އަދި އެފޮތުގައި
ވަނީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ؟
ޖ: އެފޮތް ލިޔުއްވީ ޙުސައިން ޞަލާޙުއްދީނެވެ.
އޭގައިވަނީ ބަނޑޭރި ޙަސަން މަނިކުފާނުގެ ދިޔޯގެ ރައިވަރާއި އަރިއަތޮޅު އަރުމާދު
ރައިވަރު ފޮތާއި ނާއިބުތުއްތުގެ ސިއްކަމޮހަރީއާއި ސުއްކަތުރާ ހަބަރާއި
ތަޤްވީމުއްލިސާނިއެވެ. މިފޮތްފޮތުގައި ހުރި ރައިވަރުތަކުގެ މޮޅުކަމުގެ މައްޗަށް
ލިޔެފައިހުރި ވާހަކަތަކެވެ.
61- ކުރީޒަމާނުގެ
ލިޔުންތަކާއި އަޅާބަލާއިރު ދިވެހި ބަހުގެ ޢިބާރާތްތަކަށް މިހާރު ވަރަށްބޮޑެތި
ބަދަލުތަކެއް އައިސްފައިވެއެވެ. މިބަދަލުތައް އައުމަށް މެދުވެރިވީ ސަބަބުތަކަކީ
ކޮބައިހެއްޔެވެ؟
ޖ: ތަރައްޤީވެ ކުރިއެރުމާއި ބޭނުންތައް
ތަފާތުވުމާއި އިނގިރޭސި ތޢުލީމު (ޒަމާނީ ތަޢުލީމް) އުނގެނެން ފެށުމެވެ.
62- ބަނޑޭރި ޙަސަން
މަނިކުފާނާއި ނާއިބުތުއްތުގެ އަދަބީ ލިޔުއްވުންތަކުގެ މައްޗަށް އެކުލެވޭ ފޮތެއް
ޙުސައިން ޞަލާޙުއްދީން ޝާއިޢުކުރެއްވިއެވެ. މިފޮތަށް ޝޭޚުޒުބައިރުގެ ނަމުން
ނަންދެވުނީ ކީއްވެހެއްޔެވެ؟
ޖ: އެއީ އެދެބޭފުޅުންގެ ލިޔުންތައް އެއްކޮށްލުމުން
ދިވެހި ޝޭކްސްޕިއަރއެއް އުފެދުނީކަމަށް ލިޔުންތެރިޔާ ދެކެވަޑައިގަންނަވާތީއެވެ.
63- ދިވެހި
އަދަބިއްޔާތުގެ ބާވަތްތަކުގެ ތެރެއިން ދިވެހިބަހުގެ އަޞްލު އުސޫލުތަކާއި ބަހުގެ
ހަމަތައް އެންމެ ރަގަޅަށް ފެންނަންހުރީ ލިޔުންތެރިކަމުގައި ހިމެނޭ ކޮން
ބާވަތަކުންހެއްޔެވެ؟
ޖ: ދިވެހި އަދަބީ ރައިވަރުތަކުންނެވެ.
64- ނާއިބުތުއްތު
ދިވެހި އަދަބިއްޔާތަށް ކުރައްވާފައިވާ ޚިދުމަތްތައް ބަޔާންކޮށް 5 ފޮޅުވަތުގެ
ޕެރެގްރާފެއް ލިޔޭ!
ޖ: އަދަބީ ރައިވަރުތަކެއް ހެދުން. ދިޔޯގެ ރައިވަރު
ޝަރަޙަ ލިޔުއްވުން. ތާނަލިޔުމުގެ ޤަވާޢިދު ފޮތެއް ލިޔުއްވުން.
"ތަޤުވީމުއްލިސާނި" ދިވެހިބަހުގެ ޤަވާޢިދު ފޮތެއް ލިޔުއްވުން.
ޞިއްޙަތާބެހޭ ފޮތެއް ލިޔުއްވުން. ތުއްތު ތަރުތީބުގެ ނަމުން ނަންދެވުނު ދީނީ ފޮތެއް
ލިޔުއްވުން. (މިނުކުތާތައް ހިމަނައިގެން ޕެރެގްރާފެއް އެކުލަވާލެވިދާނެއެވެ. )
65- މިޒަމާނުގެ
ލިޔުންތައް ބިނާކޮށްފައި ހުންނަނީ ކިހިނެއްހެއްޔެވެ؟
ޖ: ކިޔާމީހާއަށް ލިޔުންތެރިޔާގެ މަންޒިލާއި
މުރާދާހަމައަށް ފަސޭހައިން ވާޞިލްވެވޭނެ ފަދަ ގޮތަކަށެވެ. ލިޔުންތަކުގައި ހުންނަ
ޢިބާރާތްތައް ކިޔާލުމުން ފަސޭހައިން ދޭހަވާގޮތަށެވެ.
66- ޙުސައިން
ޞަލާޙުއްދީން ލިޔުއްވި 3 ފޮތުގެ ނަން ލިޔޭ!
ޖ: ކީރިތި ރަސޫލާގެ ސިޔަރަތު / ބޮޑުތަކުރުފާނު
ވާހަކަ / ދޮންބީފާނު ވާހަކަ
67- ދިވެހި ބަހުން
އެންމެ ފުރަތަމަ ޅެމެއް ހެއްދެވީ ކޮންބޭފުޅެއް ހެއްޔެވެ؟
ޖ: މައުލަވީ ހުތްޢަލިދީދީ އެވެ.
68- ދިވެހި
އަދަބިއްޔާތުގައި ހުތްޢަލީދީދީއަށް އެހައި ޚާއްޞަ މަޤާމެއް ދެވެނީ ކީއްވެހެއްޔެވެ؟
ޖ: މިހާރު މިހުންނަގޮތަށް ދިވެހިބަހުން އެންމެ
ފުރަތަމަ ޅެމެއް ހެއްދެވީ އޭނާ ކަމަށްވާތީއެވެ.
69- " ލޯބި
އެންމެ ލޯބީ ކަރުނައިގެ ތެރޭގައި " މިފޮތް ލިޔުއްވީ ކޮންބޭފުޅެއް ހެއްޔެވެ؟
ޖ: މުޙައްމަދު އަމީނެވެ.
70- ދިވެހި ބަހަށް
ޚިދުމަތްކުރާ ކޮމިޓީ އުފެދުނީ ކޮން ތާރީޚެއްގައި ހެއްޔެވެ؟
ޖ: 2 ރަމަޟާން 1365 ގައެވެ.
71- ބަސްކޮމިޓީ
އުފެދުނީ ކޮން ކޮމިޓީއަކުންހެއްޔެވެ؟
ޖ: ދިވެހި ބަހަށް ޚިދުމަތްކުރާ ކޮމިޓީންނެވެ.
72- ލިޔުންތެރިކަމުގެ
ހިގައިގަނެވުނު ދައުރުގައި މުޙައްމަދު އަމީން ލިޔުއްވި " ލޯބި އެންމެ ލޯބީ
ކަރުނައިގެ ތެރޭގައި " މިއީ ކޮންކަހަލަ ވާހައެއްހެއްޔެވެ؟
ޖ: ލޯބީގެ ވާހަކައެކެވެ.
73- ޢަލީ އެދުރު
ތަކުރުފާނު ލިޔުއްވި "ޒުހުރުލް ކަމާލާތި ފީ އަޙުކާމިލް ޢިބާދާތި"
މިފޮތަށް ކިޔާ ދިވެހި ނަމަކީ ކޮބައިހެއްޔެވެ؟ ނުވަތަ ދިވެހިންގެ ތެރޭގައި މިފޮތް
މަޝްހޫރުވެފައިވަނީ ކޮން ނަމެއްގައި ހެއްޔެވެ؟
ޖ: ބޮޑުތަރުތީބުގެ ނަމުގައެވެ.
74- ޝާޢިރުންނާއި
މުޤައްރިރުން އުފެދުނީ ލިޔުންތެރިކަމުގެ ކޮން ދައުރެއްގައި ހެއްޔެވެ؟
ޖ: ހިނގައިގަނެވުނު ދައުރުގައެވެ.
75- ދިވެހި ބަހަށް
ޚިދުމަތްކުރާ ކޮމިޓީ އުފެދުނީ ކޮން ކޮމިޓީއަކުން ހެއްޔެވެ؟ އަދި އެއީ
ލިޔުންތެރިކަމުގެ ކޮން ދައުރެއްގައި ހެއްޔެވެ؟
ޖ: ވާހަކަ ކޮމިޓީންނެވެ. ހިނގައިގަނެވުނު
ދައުރުގައެވެ.
76- މުޙަމަދު އަމީން
ލިޔުއްވި ދެފޮތެއްގެ ނަން ލިޔޭ!
ޖ: ލޯބި އެންމެ ލޯބީ ކަރުނައިގެ ތެރޭގައި. ސައްޔާޙެއްގެ
ޔައުމިއްޔާގެ ގަނޑެއް. ދިވެހިރާއްޖެ ހަނގުރާމައެއްގެ ވިލާގަނޑެއްގެ ދަށުގައި.
77- ދިވެހި
ޅެންވެރިކަމުގެ އެންމެ ކުރީގެ ބާވަތަކީ ބަންޖެވެ. ބަނދީގެ ދިގުމިނަކީ ކޮބައިކަމާއި
އަދި ބަނދީގެ ވަޒަނަކީ ކޮބައިކަން ހާމަކުރާށެވެ!
ޖ: ބަނދީގައި ވަކި ދިނުމިނެއް ނޯވެއެވެ. ވަޒަނަކީ
ބާރަ ފިލީގެ ވަޒަނެވެ.
78- ބަނދީގެ
ދެބާވަތަކީ ކޮބައި ހެއްޔެވެ؟
ޖ: އެއީ ޅަކުދީން ލޮއްސާން / ކުޅިވަރު /
ފޫހިފިލުވާން ކިޔައިއުޅޭ ބަންޖާއި ފަންޑިތައަށް ކިޔައިއުޅޭ ބަންޖެވެ.
79- ދިވެހި
އަދަބިއްޔާތުގެ ދައުރުތަކަށް ބަލާއިރު އެންމެ ކުރީގެ ލިޔުންތަކުގައި ޢަރަބިބަސް
ގިނަކަން ފާހަގަ ކުރެވެއެވެ. މިކަމަށް މެދުވެރިވި ސަބަބަކީ ކޮބައިހެއްޔެވެ؟
ޖ: އޭރު ބަހަށް ޚިދުމަތްކުރެއްވި އަދީބުންނަކީ
ޢަރަބިބަހުން ތަޢުލީމު ޙާޞިލް ކުރައްވައިގެން ތިއްބެވި ޢިލްމުވެރިން
ކަމަށްވާތީއެވެ.
80- މިހާރު މިހުންނަގޮތަށް
އެންމެ ފުރަތަމަ ޅެމެއް ހެއްދެވީ މަރުޙޫމް ހުތްޢަލިދީދީއެވެ. އެއަށްފަހު އެގޮތަށް
ޅެން ހައްދަވަން އެދުވަސްވަރު ފެއްޓެވީ ކޮން ޝާޢިރުންނެއް ހެއްޔެވެ؟
ޖ: ވާހަކަގޭ ދޮންތުއްތު / އެއްގަމުގޭ އަޙްމަދު ދީދީ
/ ސީދީގޭ ޢަލިދީދި އެވެ.
81- އަރުމާދު
ރައިވަރުގައިހުރީ ކޮންކަހަލަ ވާހަކަތަކެއްހެއްޔެވެ؟ އަދި އެފޮތް ލިޔުއްވީ
ކޮންބޭފުޅެއްހެއްޔެވެ؟
ޖ: އެފޮތުގައި ހުރީ އޭރު ރަދުން އަރިއަތޮޅަށް
ކުރެއްވި ދަތުރުގެ ވާހަކަތަކެވެ. އެއީ ދަތުރުނާމާ އެކެވެ. ލިޔުއްވީ ބަނޑޭރި ޙަސަން
މަނިކުފާނެވެ.
82- ބަނޑޭރި
ޙަސަންމަނިކުފާނާއި އެދުރު ޢުމަރު މާފަތްކަލޭގެފާނުގެ އަދަބީ ޚިދުމަތްތައް
ބަޔާންކުރޭ!
ޖ: ބަނޑޭރި ޙަސަންމަނިކުފާނު ދިޔޯގެ ރައިވަރު
ފޮތާއި އަރިއަތޮޅު އަރުމާދު ރައިވަރުފޮތް ލިޔުއްވިއެވެ. އެދުރު ޢުމަރު
މާފަތްކަލޭގެފާނު ބޮޑުތައުހީދު ލިޔުއްވިއެވެ.
83- ތިރީގައިވާ ދެ
ޢިބާރާތުން އަންނަނިވި ކަންތައްތައް ހުރި ނެތްގޮތް ބަލާށެވެ.
ދޭހަވުން
ޖުމްލަތަކުގެ ނިމުން
ބަސްކޮށާރު
ޢިބާރާތް 1 :
ވަކަރިހޫ.،
ޒީނަތްތެރިކަން ފައުޅުވާ ކަމަށްޓަކައި ކުލަކުލައިގެ ފޭރަމާއި ފަށުވި ފޭރާމުން
އަންހެނާ ކަފުންކުޅައިން މަކުރޫހަ ވާހުށި، ވަޤަލަހޫ، ކަފުނުގެ މަދުމިނީ ދިރިހުރި
މީހަކުގެ ޢައުރަ ނިވާކުރާ ފަދައިން މައްޔިތާގެ ޢައުރަ ނިވާކޮށްފަނިވި އެއް
ފޭރާމެވެ. ފަހެ، އަންހެނާއި ފިރިހެނާ ދެމީހުންގެ ކަފުން އައުރަ ނިވާކުރާ ހިސާބު
މިންވަރު ކުރުމުގައި އެދެމީހުންގެ ޢައުރަ ތަފާތުވީގޮތުން ތަފާތުވާހުށި.
(ނޯޓް) ވަކަރިހޫ: އެބައި
މީހުންނަށް މަކުރޫޙަ ކަންކަން / ނުރުހޭ ކަންކަން
ޢިބާރާތް 2 :
ޖޫލިޔާގެ އަސްލު
ނަމާއި "ޖޫލިޔާ" އަކާގުޅުމެއް ނެތެވެ. ޖޫލިޔާއަކީ ސްކޫލް ދައުރުގައި
ކުޅުނު ޑްރާމާއެއްގެ ސަބަބުން ލިބުނު ނަމެކެވެ. އެ ޑްރާމާގައި ޖޫލިޔާއަކީ
ޖޫލިއަޓެވެ. ރީތިކަމާއި އަޅައިގަންނަ ސިފަތަކެއްގެ ސަބަބުން، ރޯމިއޯ އެންޑް
ޖޫލިއަޓުގެ އެރޯލު ލިބުނީއެވެ. ދުލަށް ފަސޭހަ ކުރުމަށްޓަކައި އެނަން ޖޫލިޔާއަށް
ބަދަލުކުރީ އޭނާގެ އެކުވެރިންނެވެ. ކްލާސް ކުދިންނެވެ. އެނަމުގެ ސަބަބުން
ޖޫލިޔާއަށް މީހުން ބަލާ ބެލުން ތަފާތުވިއެވެ. ކިބުރުވެރިކަން ނެތުމާއި ފަހުގެ
ފެޝަންތަކަށް ލޯބިކުރުމާއި ހަލަބޮލި މިޒާޖުގެ ސަބަބުން ލޯތައް ދަހިވެތިކުރުވައެވެ.
ޖ: ފުރަތަމަ އިބާރާތުގެ ދޭހަކުރުމަށް ބަލާއިރު
އޭގައި ބުނާ ވާހަކައެއް އޮޅުންފިލަން ވަރަށް ދައްޗެވެ. އެކަމަކު ދެވަނަ
ޢިބަރާތުގައި ބުނަން އުޅޭ އެއްޗެއް ވަރަށް ރަގަޅަށް ދޭހަވެއެވެ. ފުރަތަމަ
ޢިބާރާތުގެ ޖުމްލަތަކުގެ ނިންމުމަށް ބަލާއިރު ބައެއް ޖުމްލަތައް "ހުށި"
މިހެން ބޭނުންކޮށްގެން ނިންމާފައިހުރިކަން ފާހަގަކުރެވެއެވެ. ނަމަވެސް ދެވަނަ
ޢިބާރާތުގެ ޖުމްލަތައް ނިންމާފައި ހުރީ "އެވެ" "ނެވެ" މިފަދަ
އަކުރުތަކުންނެވެ. ފުރަތަމަ ޢިބާރާތުގެ ބަސްކޮށާރަށް ބަލާއިރު ޢަރަބިބަސްތަކާއި
ބޯދާ މުސްކުޅި ބަސްތައް ގިނަކަން ފާހަގަކުރެވެއެވެ. އެއާ ޚިލާފަށް ދެވަނަ ޢިބާރާތުގައި
ހުރީ ވިސްނައިގަންނަން ފަސޭހަ ބަސްތަކެކެވެ. ފުރަތަމަ ޢިބާރާތާ ޚިލާފަށް ދެވަނަ ޢިބާރާތުގައި
އިނގިރޭސި ބަސްތައް ގިނަކަންވެސް ފާހަގަކުރެވެއެވެ.
84- ތިރީގައި މިވަނީ ލިޔުންތެރިކަމުގެ
އެކި ދައުރުތަކުގައި ލިޔެފައިވާ ބައެއް ފޮތްތަކުގެ ނަންތަކާއި އެފޮތްތައް ލިޔުއްވި
މުޞައްނިފުންނާއި އެފޮތްތަކުގެ ބާވަތެވެ.
ފޮތުގެ ނަން
|
މުޞައްނިފު
|
ފޮތުގެ ބާވަތް
|
ބޮޑު ތަރުތީބު
|
ޢަލީ އެދުރު ތަކުރުފާނު
|
ފިޤުހު ފޮތެއް
|
ތުޙުފަތުލް ވުލާތު
|
ޙާޖީ އެދުރު ކަލޭގެފާނު
|
ދުޢާތަކާއި ޒިކުރު
|
މިންޙަތުލް
މަންނާން
|
ނާއިބުތުއްތު
|
ޞިއްޙަތާބެހޭ
ފޮތެއް
|
ތަޤުވީމުއްލިސާނި
|
ނާއިބުތުއްތު
|
ބަހުގެ ޤަވާޢިދު
|
ސުއްކަތުރާ ޚަބަރު
|
ނާއިބުތުއްތު
|
ފެހެންދޫގައި
ހުރިއިރު ތުއްތުއަށް ދިމާވި ދަތިޙާލުގެ ވާހަކަ
|
ސިއްކަމޮހަރީ
|
ނާއިބުތުއްތު
|
ފެހެންދޫގައި ހުރެ
ރަދުންނަށް ސަނާކިޔާފައި ލިޔުނު ފޮތެއް
|
ބޮޑުތައުހީދު
|
އެދުރު ޢުމަރު މާފަތްކަލޭގެފާނު
|
ޤިޔާމަތްދުވަހާއި
މަލާއިކަތުންނާއި މަޙްޝަރުގެ ވާހަކަ
|
އަރުމާދު ރައިވަރު
|
ބަނޑޭރި ޙަސަންމަނިކުފާނު
|
ރަދުން
އަރިއަތޮޅަށް ކުރެއްވި ދަތުރުގެ ދަތުރުނާމާ
|
ދިޔޯގެ ރައިވަރު
|
ބަނޑޭރި ޙަސަންމަނިކުފާނު
|
ދެ ދިޔޯއެއްގެ
ދެމެދުގައި ހިނގި ޚިޔާލީ ހަނގުރާމައެއްގެ ވާހަކަ
|
ނުޢުމާނު
ވަމަރްޔަމް
|
ޙުސައިން ޞަލާޙުއްދީން
|
ލޯބީގެ ވާހަކައެއް
|
ސީރަތުއްނަބަވިއްޔާ
|
ޙުސައިން ޞަލާޙުއްދީން
|
ކީރިތި ރަސޫލާގެ
ސީރަތު (ބައޮގްރަފީއެއް)
|
ދޮންބީފާނު ވާހަކަ
|
ޙުސައިން ޞަލާޙުއްދީން
|
ލޯބީގެ ވާހަކައެއް
(ދެވަނަ ދިގުވާހަކަ)
|
ރިވާޔަތު މޫސާ
ވަޒުލައިޚާ
|
އަޙްމަދު ކާމިލްދީދީ
|
ލޯބީގެ ވާހަކައެއް
(ފުތަރަމަ ދިގުވާހަކަ)
|
ލޯބި އެންމެ ލޯބީ
ކަރުނައިގެ ތެރޭގައި
|
މުޙައްމަދު އަމީން
|
ލޯބީގެ ވާހަކައެއް
|
ދިވެހިރާއްޖެ
ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި
|
މުޙައްމަދު އަމީން
|
ދެވަނަ ބޮޑު
ހަނގުރާމައިގައި ރާއްޖެއަށް ކުރިމަތިވި ދަތިތައް
|
ދިވެހިބަސް
ދަރިވަރުންގެ އެހީތެރިޔާ
|
މުޙައްމަދު އަމީން
|
ދިވެހިބަހުގެ ޤަވާޢިދު
|
ކަރުނަޔާ ނުލައި
ކެއްކުން
|
މުޙައްމަދު އަމީން
|
ކާއެއްޗެހި
ތައްޔާރުކުރާނެގޮތް (ރެސިޕީ ފޮތެއް)
|
ދިވެހިބޭސްވެރިކަމު
އަތްގާތްކޮށްދިނުން
|
މުޙައްމަދު އަމީން
|
ދިވެހި
ބޭސްވެރިކަމާބެހޭ ފޮތެއް
|
ތަޢުލީމުއްދިޔާނާ
1،2،3
|
މުޙައްމަދު ޖަމީލު
|
ދީނީ ފޮތެއް
|
ތިލަދުންމަތީ
ދަތުރުގެ ހަނދާން
|
މުޙައްމަދު ޖަމީލު
|
ދަތުރުނާމާއެއް
|
ހާޖަރާގެ ހިތާމަ
|
މަލިން މޫސާ
|
ދިވެހި ބަހުން
ފުރަތަމަ ލިޔުނު ކުރުވާހަކަ
|
ފުރިފައިހުރި
އެއްޗެއް ގުޑުގުޑެއް ނާޅާނެ
|
މުޙައްމަދު އަމީން
|
އެންމެ ފުރަތަމަ
ކުޅުނު ސްޓޭޖް ތަމްސީލް
|
ގިތެޔޮގުޅިން ނެގި
ލޯބި
|
މުޙައްމަދު ޖަމީލް
|
ހެއްވާ މަޖާ
ތަމްސީލެއް
|
ލަކުޑި ފޮތް
|
ނާއިބުތުއްތު
|
ރާއްޖޭގައި ހެދޭ
ލަކުޑީގެ ބާވަތްތަކާއި ކެނޑުމަށް ބޭނުންކުރާ...
|
85- ތިރީގައި މިވަނީ ލިޔުންތެރިކަމުގެ
އެކި ދައުރުތަކުގައި ބަހަށް ޚިދުމަތްކުރެއްވި ބައެއް އަދީބުންނާއި އެބޭފުޅުންގެ ތޚައްލުޞެވެ.
ނަން
|
ތޚައްލުޞު
|
ޙުސައިން ޞަލާޙުއްދީން
|
ފަތިހުގެ ތަރި
|
ބޮޑުފެންވަޅުގޭ ސީދީ
|
ޙިމާރުލްޤައުމު / މިރުޒާ ޝަކީބު
|
އަޙްމަދު ޝާކިރު
|
ޝާޢިރުލް މަޖުހޫލު
|
ޖަޢުފަރު ކަމާލުއްދީން
|
ހަސްތީ
|
ޢަބްދުﷲ ޖަލާލުއްދީން
|
ޝާޢިރުލްއުމޫމި
|
މުޙައްމަދު ޖަމީލް
|
އުޖާލާވި ރަންތަރި / އުސްތާޛުލްޖީލު
|
އިބްރާހީމް ޝިހާބު
|
ޝާއިރުއްޝަބާބު / ގުލްފާމް / ޘާގިބު
|
މުޙައްމަދު އަމީން
|
އޯކިޑު / ފިނިފެންމާ / އ.ގ.އ / މ.އ
|
No comments:
Post a Comment