ބަސް
|
ދިވެހިބަހަކީ ދިވެހިރާއްޖޭގެ ރަސްމީ ބަހެވެ. މި ބަހުން ވާހަކަ ދައްކައި އުޅެނީ ދިވެހިރާއްޖޭގެ އަހުލުވެރިންގެ އިތުރުން ހިންދުސްތާނުގެ މަލިކު ގެ އަހުލުވެރިންނެވެ. އެބައިމީހުން ވާހަކަ ދައްކައި އުޅެނީ ދިވެހިބަހުގެ މަހަލް ބަހުރުވައެވެ. ބަހާބެހޭ މާހިރުން ދިވެހިބަސް ހިމަނުއްވައިފައިވަނީ އިންޑޯ އާރިޔަން ބަސްތަކުގެ ތެރޭގަ އެވެ. ދިވެހި ބަހުގެ މަތިކޮޅުގައި އެންމެ ކުރީޒަމާނުގައި އޮތް މައި ބަސް "ޕުރޯޓޯ - އިންޑޯ - ޔޫރަޕިއަން" ބަހުން ވާހަކަދައްކާ އުލުނު ބަޔަކު ދެބަޔަކަށް ބެހިގެން، އެއްބަޔަކު ހުޅަނގުގެ ރަށްރަށަށް އަނެއްބަޔަކު އިރުމަތީ ރަށްރަށަށް ގޮސް އެތަންތާނގައި ރަށްވެހިވީ އެވެ. މި މީހުން ވާހަކަދައްކާ އުޅުނު ބަސް ބަދަލުވެ ތަރައްޤީވެ ވަކި ބަސް ބަހަށްވީ އެތައް ވޭލާއެއްގެ ނުވަތަ ޒަމާނެއްގެ ތެރޭގަ އެވެ. އިރުމައްޗަށް އައި މައިގަނޑު ބަހަކީ އިންޑޯ - އިރޭނިއަން ބަހެވެ. މި ބަސް ކަފިވީ އިރޭނިއަން ބަހަށާއި، އިންޑޯ އާރިއަން (ސާންސްކިރިތު) ބަހަށެވެ. މިދެންނެވި ސާންސްކިރިތުގެ ހުޅަނގާއި، ހުޅަނގު ދެކުނުގެ ބައިގައިވަނީ ގުޖަރާތީ މަރާޓީ ކޮންކަނީ، ދިވެހި، ސިންހަޅަ، މި ބަސްބަހެވެ، ވީމާ، މިބަސް ތަކުގައި ބޭނުންކުރާ ލަފުޒުތަކާއި،ޤަވާއިދާއި އަދި ބަހުގެ އަދަބުތަކުގައި ތިމާގެކަންހުރެ އެވެ. ހުޅަނގަށް ގޮސްފައިވާ ގޮފީގެ ބަސްތަކާއި، އަލުގަނޑުމެންގެ އިންޑިކު ނުވަތަ ސާންސްކިރިތުން އުފެދިފައިވާ ބަސްތަކާއި ވަރަށް ތަފާތެވެ. އިނގިރާސި ބަހަކީ މިދެންނެވި ހުޅަނގަށް ގޮސްފައިވާ ގޮފީގެ އަލްމާނީ ބަހެކެވެ.
ދިވެހިބަހަށް ބަލާއިރު,
ބޭރުބަސްބަހުގެ އެތައް ލަފުޒެއް އަލުގަނޑުމެންގެ ބަހާބެހީގައި އެކުލެވިފައިވެ
އެވެ. މިހެން ދިމާވާންވި އެތައް ސަބަބުތަކެއްވެ އެވެ. އެންމެފުރަތަމަ
ފާހަގަކުރަންޖެހޭ ސަބަބަކަށް ވަނީ، ހިންދު ކަނޑުގައި ދިވެހިރާއްޖެ އޮންނަ
މަގާމެވެ. އާދެ! ވިޔަފާރިކުރާ ނާފަހަރު ދަތުރުފަތުރުކޮށް އުޅުނު ހުރިހާ މަގުތަކުގެ
މެދުތެރޭގަ އެވެ. ތާރީޚަށް ބަލާއިރު ވެސް އެމީހުންގެ ބާރުގެ ދަށަށް ދިވެހިރާއްޖެ
ގެންނަން މަސައްކަތްކަތްކުރި މީހުން ރާއްޖެ އަތުލަން ބޭނުންވެފައިވަނީ ޖޯގްރަފީ
ގޮތުން ރާއްޖެ އޮތް މުހިންމު މަޤާމަށްޓަކަ އެވެ. އިހުޒަމާނުގެ ކަނޑު
ދަތުރުވެރިންނަށް ހިންދު ކަނޑު ރަނގަޅަށް ދަސްވެފައިވާނަމަ، މޫސުން ނުބައިވެގެން،
ނުވަތަ ކާބޯތަކެއްޗާއި ފެންލުމަށް މަޑުކޮށްލުމަން އެންމެ އެކަށީގެންވާ
ހިސާބެއްގައިވަނީ ދިވެހިރާއްޖެ އެވެ. މި މަގުތައް ރަނގަޅަށް ނޭނގޭ ބަޔަކަށްނަމަ
ނާފަހަރު އުރި ހަލާކުވުން ވެސް އެންމެ އެކަށީގެންވަނީ ހަމަ މި ހިސާބުގަ އެވެ.
ވީމާ، ބޭނުމެއް ޖެހިގެން ނުވަތަ މަޖުބޫރުވެގެން ނަމަވެސް ދިވެހިރާއްޖެ އަށް
އައިސް، ދުވަސްތަކެއް ހޭދަކުރަންޖެހުނު މީހުން އެކި ރަށްރަށުން ދިވެހިރާއްޖެ އަށް
އައިސްފައިވެ އެވެ. މިފަދަ ވަރަށް ގިނަފަރާތްތަކުން ދިވެހިބަހަށް މުއްސަނދިކަން
ލިބުނެވެ.
